އަންނަ މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ހަމަަޖައްސަވައިފި އެވެ.
ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނިގޮތުގައި، ނޮވެމްބަރު 2 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދުކުރަން ނިންމެވީ، އެ ދުވަހާ ޖެހިގެން އަންނަ ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެގޮތަށް ހަމަޖެއްސީ:
ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ
ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި
އެނގުން މުހިންމު - ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 3 ނޮވެމްބަރު 1988ގައި ދިވެހިންގެ ބަޔަކު އިސްވެ ތިބެ ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ.
2 ނޮވެމްބަރު ބަންދުކޮށްފި؛ ޗުއްޓީއަށް 4 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ