ޕާކިސްތާނުގެ ޤާނޫނު އަސާސީއަށް ކުއްލި އިސްލާހުތަކެއް ގެނެސް، ސުޕްރީމް ކޯޓާއި ޖުޑީޝަރީގެ ބާރު ކުޑަކުރި މައްސަލައިގައި އިހްތިޖާޖު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވި ދެ ފަނޑިޔާރުންނަކީ މަންސޫރު އަލީ ޝާހު އާއި އަތުހަރު މިނަﷲ އެވެ. މި ދެ ފަނޑިޔާރުންގެ އިސްތިއުފާ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ވަނީ ޤަބޫލުކުރައްވާފައެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލާ ގޮތަށް ޤާނޫނު އަސާސީއަށް ގެނެވުނު 27 ވަނަ އިސްލާހާއެކު މި ދެބޭފުޅުން އިސްތިއުފާ ދެއްވަމުން ވިދާޅުވީ މި އިސްލާހަކީ އެޤައުމުގެ ޤާނޫނު އަސާސީއަށް ދެވުނު އުދުވާނެކަމަށެވެ. އެހެންނަމަވެސް ފެޑެރަލް ސަރުކާރުން ބުނީ މިއީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.
އިސްތިއުފާ ދެއްވިކަމަށް ބުނާ ދެ ފަނޑިޔާރުން
ފަނޑިޔާރު ޝާހުގެ 13 ސަފްޙާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މި އިސްލާހާއެކު ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އެޤައުމުގެ ދުސްތޫރީ ޑިމޮކްރަސީ ބަލިކަށިވެގެން ދާނެކަމަށެވެ.
ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހާއެކު އައު ދުސްތޫރީ ކޯޓެއް ޤާއިމްކުރެވި، އެކޯޓަށް ބޭނުން ފަނޑިޔާރުންތަކެއް އައްޔަން ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިދެއެވެ. މީގެ ކުރިން ސަރުކާރުން ކުރަން އުޅުނު ޣައިރު ޤާނޫނީ އަދި ޣައިރު ދުސްތޫރީ ބައެއް ކަންކަން ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފައެވެ.
ބަދަލުތަކާމެދު ހިތްހަމަނުޖެހި ޕާކިސްތާނުގެ ފަނޑިޔާރުން އިސްތިއުފާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ