ބަޔަކު މީހުންނަށް ރާއްޖޭގެ ބިމާއި، ޖައްވާއި ކަންޑުން އެންމެ އިންޗެއް ދޭންވެސް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެކަމަށާއި، ރައްޔިތުން އެދެނީ ”ބޮޑު ބޭބެ“ގެ އެދުމަކަށް ގައުމުން ބައެއް ދޫކޮށްނުލާކަން ސާބިތުވުންކަމަށް ޖުމުހޫރީ ޕާޓީގެ އިސް ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލުކޮށްފައިވާކަމަށް ބުނެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
އދ. ގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމާއި އެކު މީޑިއާތަކުގެ ސަމާލުކަން އެކަމަށް ހުއްޓި އޭޖީ އޮފީހާއި ގިނަ ސުވާލުތަކެއް ކުރި އެވެ. އެގޮތުން އިމުގެ މައްސަލާގައި ހިލާފް އުފެދިފައިވާ ސަރަހައްދު މޮރިޝަސްއަށް ދިނުމަށް ސަރުކާރުން ނިންމީތޯ އާއި، ކޮމްޕްރޮމައިޒް ވަނީ ކޮން ސަބަބަކާއި ހުރެ ތޯ ނޫސްވެރިން ސުވާލު އުފެއްދި އެވެ. ތަކުރާރުކޮށް މީޑިއާތަކުން ކުރި ސުވާލުތަކަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ފާހަގަކޮށް، އެ އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ހަސަން ވިދާޅުވީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރަން ނިންމީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.
ހުސެއިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެކަން ސިޓީއެއް މެދުވެރިކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ވެސް އަންގާފައިވާނެ ކަމަށެވެ. އިޓޮލްސްގައި ރިފްއަތު ފާހަގަ ކުރެއްވީ، އެ ވާހަކަކަމަށް އޭނާ ވިދާޅުވި އެވެ.
”ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ.“ އޭޖީ އޮފީސް
ޗާގޮސް މައްސަލައިގައި ގާސިމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އިން ވަކި ކުރި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބެން ޖެހޭ އެއްވެސް ހައްގެއް، އަދި ނެގެން އޮތް ފައިދާއެއްވެސް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭ ހިނދުގައި އެެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ރައްޔިތުންގެ ހިޔާލާއި ބަސް ހޯދުމަކީ، ގާނޫނު އަސާސީގެ ރޫހުކަމަށް ސިފަކުރައްވާ ގާސިމް ވިދާޅުވީ، ރާއްޖެ އަދި ޗާގޮސް ކަނޑުގެ އިން ވަކި ކުރުމުގެ މައްސަލައިގައި، ބަޔަކު އެދުމުން، އޮތް ހަމަ އެކަނި ހައްލަކީ، ”އިކުއިޑިސްޓަންސް“ ގެ އުސޫލުކަމަށް ބަލައި، އެގޮތަށް އެ ތަން ދޫކޮށްލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަަމަށް އެނާ ދެކިވަޑައިނުގަންނަވާކަމަށެވެ.
”ދިވެހިން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަޙަތުގެ ޙިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހްލާސްތެރިކަމާއިއެކު ކުރާތަން ފެނުން. ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ފެނުން. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް ”ބޮޑުބޭބެ“ގެ އެދުމަށް ދޫކޮށްނުލާކަން ސާބިތުވުން.“ ގާސިމް
އެނާ ވިދާޅުވީ، އެކަމުން ރާއްޖެއަށް ފައިދާތަކެއް ނެތްކަމަށް ދެކިވަޑައިގަންނަވާ ސަބަބަކީ، އިންވަކި ކުރުމަށް ހުށައަޅާފައިވަނީ، ދިވެހިރާއްޖެއާއި، ކުރިއަށް އޮތް 99 އަހަރަށްވެސް އެމެރިކާގެ އަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭއްވުމަށް ކުއްޔަށް ދިނުމަށް ހުށައަޅާފައިވާ ތަނަކާއި ދެމެދު އޮންނަ ސަރަހައްދަކުން ކަމަށް ވުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ، އދގެ ކަނޑުގެ ގާނޫނުގެ ހަމަތަކުގެ މަތިން ރާއްޖޭއިން ފެށިގެން 200 ނޯޓިލަކް މޭލަކީ ހައްގުވާ ސަރަހައްދެއްކަމަށެވެ. އަދި ދިވެހިން އެދެނީ އަންނަނިވި ޖީލުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އިހުލާސްތެރިކަމާއި އެކު ކުރުމަށާއި ރާއްޖެއަކީ އަމިއްލަ މުދަލެއް ކަމަށް ބަލައި އެހެން ބައެއްގެ މިލްކެއް ”ބޮޑު ބޭބެ“ ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވުންކަމަށް އެނާ ވިދާޅުވިއެވެ.
ފޯޅަވަހީގެ މިނިވަންކަމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ ގައި ވޯޓު ދޭނެކަން ހާމަކުރުމާއި އެކު ޚާރިޖީ ދާއިރާ އަދި ސިޔާސީ ފަރާތްތަކާއި މީޑިއާތަކުން އުފައްދާ އެންމެ ބޮޑު ސުވާލަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގެންގުޅުނު ވިސްނުން ކުއްލިއަކަށް ބަދަލު ކުރި ސަބަބާއި މެދު އެވެ. އަދި އޭގެ ފަހަތުގައި، އިތުރު އެހެން އެއްބަސްވުންތަކެއް ހިމެނޭ ތޯ ވަނީ ސުވާލު އުފައްދާފަ އެވެ.
ފާޑުކިއުންތަކަށް އޭޖީ އޮފީހުން އިތުރަށް ބުނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއެއް 2019 ގައި ޗާގޮސް ޑީކޮލޮނައިޒޭޝަން މައްސަލައާ ގުޅިގެން ނެރުނު ކަމަށެވެ. އަދި އޭގައިވެސް ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާއި ހަވާލުކުރަންޖެހޭކަމަށް ނިންމާފައިވާނެ ކަމަށެވެ.
ޗާގޯސް މައްސަލަ: ”ބޮޑު ބޭބެ“ އެދޭގޮތައް ދީލާލުމަކީ ގޯހެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ