ޓިކްޓޮކް ޔާޔާ ޑުރަގު ޓްރެފިކިން ކުށުގައި އުމުރަށް ޖަލަށް ލައިފި
ޑުރަގު ޓްރެފިކިންގެ ކުށް ސާބިތުވެ ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލް) އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ. އެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކުރިކަން ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލައިގައި ހުކުމް މިހާތަނަށް ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެއް ނުވެއެވެ. އެހެންވެ، މައްސަލައާ ގުޅޭ ތަފުސީލުތައް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަބީލަކީ މީގެ ކުރިން އޮރިޔާންކާޑު ހެދުމުގެ ކުށުގައި ވެސް ޖަލަށްލީ މީހެކެވެ. އެ ގޮތުން، އޭރު އޭނާ އެއް އަހަރު ދުވަހަށް ޖަލަށްލީ ޓިކްޓޮކްގައި ބަރަހަނާވެ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާގައެވެ. އެ ފަދަ މައްސަލަތަކުގައި އެތައް ފަހަރަކު ނަބީލް ހައްޔަރުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ