ފައިނު އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން ވެންޓިލޭޓަރުގައި
ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.އައިޖީއެމްއެޗް އިން ބުނީ، ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެގެން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަނީ، ފައިނު ސްކޫލުގެ 49 އަހަރުގެ އިސްލާމް ޓީޗަރަށާއި ސައިކަލުގެ ފަހަތުގައި އިން އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ ކުއްޖާގެ އިތުރުން ގްރޭޑް 10 މި އަހަރު ނިންމި 16 އަހަރުގެ ކުއްޖާއަށް ކަމަށެވެ.ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ބުނީ އެ ހޮސްޕިޓަލަށް ގެނައި ދެ ކުދިންނާއި ޓީޗަރުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ