ފުލުހުންގެ ބަންދުގައި ހުއްޓާ މިއަދު މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި
ފުލުހުންގެ ބަންދުގައި ހުއްޓާ މިއަދު މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ.ފުލުހުން ބުނީ އެ މުއައްސަސާގެ ބަންދުގައި ހުއްޓާ މަރުވި ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.އަފްރާޙް ގެ ޙާލަތު ރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަ ކުރެވިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އަފްރާހު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.އަފްރާހުގެ މަރުވި މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.އޭނާގެ މަރުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.ފުލުހުންގެ ބަންދުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ