ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކޮށްފި ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކޮށްފި

އެކިއެކި ސަރުކާރުތަކުގައި، ކުޅިވަރާބެހޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނަވައި، ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާތީވެ، ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަން ކޮށްފި އެވެ.
އެ ގޮތުން، ކުރީގެ އެތުލީޓުންނާއި ކުޅިވަރުގެ ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމުގެ މަސައްކަތް ފެށުމުގެ ގޮތުން، ރޭ ބޭއްވި އިވެންޓް ކުރިއަށްދިޔައީ ހެންވޭރު މީރުމާގަ އެވެ. އެ ގޮތުން، ކުރީގެ ވަޒީރުންގެ ގޮތުގައި ތިއްބަވައި، ކުޅިވަރަށް ހިދުމަތްކޮށްދެއްވި 13 ފަރާތެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފައިވެ އެވެ.
އެ ބޭފުޅުންނަކީ، އަލްމަރްޙޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަޙީދުއްދީން، ޑރ. އައިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި، އަހުމަދު މަހުލޫފް އެވެ.
ރޭގެ އިވެންޓްގައި ވާހަކަ ދައްކަވަމުން، މި ސަރުކާރުގެ ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކިއެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވި، ފަރާތްތަކުގެ މަސައްކަތްތަކާއި ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފު ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރާފިއު ވިދާޅުވީ މި ކަންކަން އޭގެ އަސްލު މާނައިގައި ކުރިއަށް ގެންދިއުމަށް، ވޭތުވެދިޔަ ތަނުގައި ހާސިލްކޮށްފައިވާ ކަންކަން ފެންނަން ހުރުމަކީ، ރާއްޖޭގެ ކުޅިވަރުގައި އިތުރު ކާމީޔާބީ ހޯދުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ