ސަރުކާރުން މަސައްކަތް ކުރަނީ މަދު ބައެއްގެ ހިމާޔަތުގައި ކަމަށް ބުނެ ޕީއެންސީ ވެލިދޫ ދާއިރާގެ ނައިބު ރައީސް އެ ޕާޓީން ވަކިވެއްޖެ ސަރުކާރުން މަސައްކަތް ކުރަނީ މަދު ބައެއްގެ ހިމާޔަތުގައި ކަމަށް ބުނެ ޕީއެންސީ ވެލިދޫ ދާއިރާގެ ނައިބު ރައީސް އެ ޕާޓީން ވަކިވެއްޖެ

ޕީއެންސީގެ ނ. ވެލދޫ ދާއިރާގެ ނައިބު ރައީސް، އަބްދުالله ހުމެއިދު އެ މަގާމުން އިސްތިއުފާދީ ޕާޓީން ވެސް ވަކިވެއްޖެ އެވެ.
ޕީއެންސީން ވަކިވިކަން އަންގައި ފޭސްބުކްގައި ހުމެއިދު ކުރި ދިގު ޕޯސްޓެއްގައި ބުނީ އޭނާ އެ ޕާޓީން ވަކިވީ ނިކަމެތިންނަށް ދެރަގޮތްވެފައި ބޮޑެތި ބޭފުޅުންނަށް މޮޅު ގޮތްވާ ދިމާލަށް ގައުމުގެ މިސްރާބު ޖެހުމުން ކަމަށެވެ.
"މި ނިންމުމަކީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން، މި ނިންމުން ނިންމަން މަޖުބޫރުވީ ގައުމު މިދާ މިސްރާބާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން، އާދައިގެ ނިކަމެތިންނަށް ދެރަގޮތްވެފައި ވަކި ބޭފުޅުންތަކަކަށް މޮޅު ގޮތްވާ ދިމާލަކަށް ގައުމުގެ މިސްރާބު ޖެހުމުން،" ހުމައިދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ތަހައްމަލު ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ރޭކާ ވެސް ނުލާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ހަދަނީ ބަންދު ކޮޓަރިތަކުގައި އެ ސިޔާސަތުތަކުގެ ސަބަބުން އަސަރު ކުރާނެ މީހުންގެ ބަހެއް ނެތި ކަމަށް ހުމެއިދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދޭހަ ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "އިއްޒަތްތެރި މަދު ބައެއްގެ" މަސްލަހަތު ހިމާޔަތްކޮށް ގިނަ ރައްޔިތުންގެ ގިނަ ކަންކަން މަދު މިންވަރަކުން ފުއްދުމުގެ ވިސްނުމެއްގައި ކަމަށް ހުމެއިދު ބުނެފައިވެ އެވެ.
"ދިރިއުޅުމުގެ އަގުތައް އަތުފަތު ނުޖެހޭ ހިސާބަށް އުފުލިގެން ދަނީ، ކާބޯތަކެއްޗާއި ކުއްޔާއި ކަރަންޓުގެ އިތުރުން ސިއްހީ ފަރުވާ އާއި ތައުލީމު ފަދަ ޒަރޫރީ ބޭނުންތައް ހޯދުމަށް ކޮންމެ ދުވަހަކު އެތައް އާއިލާއެއް ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރުވެއްޖެ، އަޅުގަނޑުމެންގެ ޒުވާނުން، މި ގައުމުގެ ކުރިމަގުގެ އުއްމީދުތައް ވެއްޔާ މޮޑެވެން ފަށައިފި،" ހުމެއިދު ބުނެފައިވެ އެވެ.
އެނާގެ ޕޯސްޓު ނިންމައިލަމުން ބުނެފައި ވަނީ އިޖުތިމާއީ ހިދުމަތައް އޭނާ ނުކުތީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތަކާއި އިންސާފާއި ގަދަރު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
"[ނަމަވެސް] އެ އަސްލުތައް ނެތް ސިޔާސީ ނިޒާމެއްގެ ތެރޭގައި ހަމަ ބުއްދީގައި ހުރެގެން އަޅުގަނޑަކަށް ނުހުރެވޭނެ،" ހުމެއިދު ލިޔެފައިވެ އެވެ.
މި ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔުމަށްފަހު ހުމެއިދު އެ ޕާޓީން ވަކިވެފައިވާއިރު، ޕީއެންސީ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވި ޝާނީޒް ހާޝިމް ވެސް ވަނީ އެ ޕާޓީން މި ފަހުން ވަކިވެވަޑައިގެންފަ އެވެ.
ޕީއެންސީން ވަކިވުމަށްފަހު އެކްސްގައި ޝާނީޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމު މީހާއަށް ހަމަހަމަ ފުރުސަތެއް އެ ޕާޓީން ކަށަވަރު ކޮށްދޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ