ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން ކުރި އިއުލާނު ބާތިލްކޮށްފި

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓްތަތެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.އެ ރަށު ފަޅު ތެރޭގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅަށް ވާއިރު، އެ މަސައްކަތް ކުރަން ކެލާގެ އިހުތިސާސަށް ވަނީ ބަދަލު ގެނެސްފައެވެ.ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދަން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗު މަހުގެ 31ގައެވެ.ކެލާ ފަޅުގައި ތަރައްގީކުރަން ޕްލޭންކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައި އޮތީ 169.3 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،032،110 ޑޮލަރެވެ. އަނެއް ރިސޯޓަށް 156.2 ހެކްޓަރު ކަނޑައަޅާފައިވާ އިރު، އަގަކަށް ހަމަޖައްސާފައި އޮތީ 1،996،740 ޑޮލަރެވެ.މި ދެ މަޝްރޫއުއަށް މާޗު މަހު ހުޅުވައިލި އިރު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި މި މަހުގެ 4 އެވެ.ކެލާގެ ފަޅުތެރޭގައި ރިސޯޓް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ފެބްރުއަރީ މަސް ތެރޭގައި ކެލައަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ