ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށަށް ފައިސާގެ އިނާމެއް ދެނީ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހަކަށް ފަރުވާދެނީ ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ހާފިޒުންނަށް ދޭ އިނާޔަ

އިސްރާއީލާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ރުހުންދީ، ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނު ކުރުމުން ހަނގުރާމައިން އީރާނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އެ ގައުމުގެ ރައްޔިތުން މަގުތަކުގައި އުފާ ފާޅު ކުރަމުން ފަށައިފިއެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ޙަމަލާދޭން ފެށުމާއެކު ޖެހިގެން އައި ދުވަސްތައް ވެގެން ދިޔައީ އީރާނުގެ ރައްޔިތުންނަށް ބިރުވެރިކަމާއި ނުތަނަވަސްކަން ކުރިމަތި ކުުރުވި ދުވަސްތަކަކަށެވެ.
އިސްރާއީލުން އީރާނަށް ދިން ކުއްލި ހަމަލާގައި އީރާންގެ އަސްކަރިއްޔާގެ ވެރިންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ. އަދި އީރާންގެ ނިއުކްލިއާ ފެސިލިޓީތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް އިސްރާއީލުން ބޮން އެޅިއެވެ.
ޔަހޫދީންގެ މިސައިލް އަދި ޑްރޯން ޙަމަލާތައް އީރާނުގެ އެކި ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ދެމުންދިޔައިރު، އެ ޤައުމުގެ އެތައް ސަތޭކަ މީހުން ވަނީ ޙަމަލާތަކުގައި ޝަހީދުވެފައެވެ. އެތައް ހާސް ބަޔަކު ވަނީ ނުރައްކާ ކުރިމަތިވުމާއެކު ރައްކާތެރިކަން ހޯދުމަށް ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ގޮސްފައެވެ. ނަމަވެސް 12 ދުވަހަށް ހަނގުރާމަ ދެމިގެން ދިޔުމަށް ފަހު، ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ޔަހޫދީންނާއި އީރާނުން މިހާރު ވަނީ އެއްބަސްވެފައެވެ.
އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޒަޔަނިސްޓު ދުޝްމަނުންނާއި އަނިޔާވެރި އެކުވެރިންނަށް ދެމުން އަންނަ ހަމަލާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
“އީރާންގެ އަސްކަރިއްޔާ އިން ދުޝްމަނުންގެ ބަހަށް އިތުބާރު ނުކުރާނެ. އެހެންވެ އީރާނުން އޮންނާނީ ދުޝްމަނުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ހަމަލާދޭން އަބަދުވެސް ތައްޔާރުވެގެން،” އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.
ކުއްލި ގޮތަކަށް އިޢުލާނު ކުރި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުތަަނަވަސްކަމަށް މި ވަނީ ލުޔެއް ލިބިފައެވެ. ޢަދާވާތްތެރިންގެ ޙަމަލާތައް ހުއްޓި އުޑުމަތި ވަނީ ހަމަހިމޭންވެފައެވެ. ލިބުނު ގެއްލުމުން އަރައިގަނެ ޤައުމު އަލުން އާރާސްތުކުރުމުގެ އުއްމީދު ވަނީ އައުވެފައެވެ. އެއާއެކު އީރާނުގެ ރައްޔިތުން ދަނީ ހަނގުރާމަ ނިމުމަކަށް އައުމާއި އީރާނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މަގުތަކުގައި އުފާ ފާޅު ކުރަމުންނެވެ.
ޔަހޫދީން އީރާނަށް ޙަމަލާދޭން ފެށުމުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔަ މީހުން މިހާރު ވަނީ އަނބުރާ އަންނަން ފަށާފައެވެ. އަގުބޮޑުކޮށް ތަންތަން ކުއްޔަށް ހިފައިގެން، ނުވަތަ ކޮންމެވެސް ގާތްތިމާގެ މީހެއް ކައިރީ ހުރުމަށް ދިޔަ މީހުން މިއަދު އިޙްސާސް ކުރަމުން ދަނީ ވަޒަނަށް އަނބުރާ އާދެވުމުގެ އުފާވެރި އިޚްސާސެވެ.
އީޜާނުގެ ރައްޔިތުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުން ވެސް އަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ