ބޭރުގެ އެއާލައިންތަކަށް 8 ބިލިއަން ޑޮލަރުގެ އިންޝުއަރެންސް ދޭން އިޒްރޭލުން ފާސްކޮށްފި

ހަނގުރާމައި ނުރައްކާތަކާ ކުރިމަތިލާން ޖެހުނު އިޒްރޭލުގެ އެއާލައިންތަކަށް އިންޝުއަރެންސް ކަވަރޭޖުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 8 ބިލިއަން ޑޮލަރުގެ ގެރެންޓީއެއް ދޭން، އިޒްރޭލުގެ ރައްޔިތުންގެ މަޖިލީސް، ނެސެޓް ފައިނޭންސް ކޮމިޓީން ފާސްކޮށްފި އެވެ.
މިއީ އެފަދަ ޕެކޭޖެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
ބޭރުގެ އެއާލައިންތަކަށް ވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެހީ ދިނުމަށް ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅުގެ ބޭނުމަކީ އިޒްރޭލުގެ ވައިގެ ސަރަހައްދު އެއްކޮށް ހުޅުވާލުމުން ބައިނަލްއަގުވާމީ އެއާލައިންތަކުން އިޒްރޭލަށް ދަތުރުތައް ފެށުމަށް ހިތްވަރު ދިނުމަށް އެޅި ފިޔަވަޅެކެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބެން ގުރިއަން އެއާޕޯޓް ކައިރިއަށް ޔަމަނުގެ ހޫތީން ދިން މިސައިލް ހަމަލާއަށް ފަހު ބޭރުގެ ގިނަ އެއާލައިންތަކަކުން ދަތުރުތައް އަލުން ފަށައިފައެއް ނުވެ އެވެ.
އީރާނަށް މި މަހު 13 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން އަދި އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކުރި ފަހުން ބޭރުގެ ގިނަ އެއާލައިންތަކުން ވަނީ މި ހޫނު މޫސުމުގެ މަސްތައް ނިމެންދެން ފްލައިޓްތައް ސަސްޕެންޑްކޮށްފަ އެވެ. އަދި ބައެއް އެއާލައިންތަކުގެ ދަތުރުތައް އޮކްޓޯބަރު މަހާ ހަމައަށް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ފެސިލިޓީތަކަށް އަމާޒުކޮށް އިޒްރޭލުން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއްދީފަ އެވެ. އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއްދީފަ އެވެ. އެގޮތުން، އިޒްރޭލުގެ އެކިއެކި ތަންތަނަށް އަމާޒުކޮށް 550އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލާއި ގާތްގަނޑަކަށް 1،000 ޑްރޯން ހަމަލާތައް ވަނީ ދިފަ އެވެ.
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިޒްރޭލުގެ އެއާލައިންތަކަށް އިންޝުއަރެންސް ފޯރުކޮށްދޭ އިންޝުއަރެންސް ކުންފުނިތަކުން ވަނީ އިންޝުއަރެންސް ޕޮލިސީތައް ބާތިލު ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ބުނެފަ އެވެ.
ދައުލަތުގެ ގެރެންޓީ އޮނިގަނޑަކީ އިޒްރޭލުގެ އެއާލައިންތަކަށާއި ބޭރުގެ އެއާލައިންތަކަށް ހަނގުރާމައިގެ ނުރައްކާތަކާ ދެކޮޅަށް އިންޝުއަރެންސް ޕޮލިސީތައް ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި އެނބުރި ގައުމަށް ދަތުރު ކުރާ ފްލައިޓްތަކާއި ކާގޯ ފްލައިޓްތައް ހިމެނެ އެވެެ.
މި އިންޝުއަރެންސް ޕޮލިސީތަކަކީ ސަރުކާރު ހިއްސާވާ އިންބަލް އިންޝުއަރެންސް ކޮމްޕެނީ ލިމިޓެޑުން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީތަކަކަށް ވާއިރު، އެ ޕޮލިސީތައް ބަރޯސާވަނީ އެއާލައިންތަކަށް މިހާރު ދެމުން އަންނަ އިންޝުއަރެންސް ކަވަރޭޖް ކެންސަލް ކުރުން ނުވަތަ ކުޑަކުރުމުގެ މައްޗަށެވެ.
ގާތްގަނޑަކަށް ދެ އަހަރު ކުރިން، 7 އޮކްޓޯބަރު 2023ގައި ހަމާސް ޖަމާއަތާ އެކު ހަނގުރާމަ ފެށި ފަހުން ވައިގެ ދަތުރުފަތުރު ދެމެހެއްޓުމުގެ ގޮތުން އިޒުރޭލުން ވަނީ އެ ގައުމުގެ އެއާލައިންތަކަށް 6 ބިލިއަން ޑޮލަރުގެ އިންޝުއަރެންސް ގެރެންޓީ ދިނުމަށް ހުއްދަ ދީފަ އެވެ. އެ ސަޕޯޓްގެ ސަބަބުން ގައުމީ އެއާލައިން، އެލް އަލް އެއާލައިންސް އާއި އާކިއާ އާއި ބޭރުގައި ތިބި ރިޒާވް ސިފައިން އަނބުރާ ގައުމަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ