ފެނުނީ ކުނިވެފައިވާ ހަށިގަނޑެެއް، ކާކުތޯ ދެނެގަންނަނީ

ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މިއަދު ފެނުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ކުނިވެފައި ކަމަށް ވޮއިސްއަށް އެނގިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މަރުވެފައި އޮއްވާ މީހަކު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް
އެނގިފައިވާ ގޮތުގައި އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ކުނިވެފަ އެވެ. އަދި އެއީ ކާކުތޯ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގ. ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ގެއްލިގެން ހޯދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ފުލުހުން އެންމެ ފަހުން ބުނި ގޮތުގައި ޖުލައި މަހުގެ 13 ވަަނަ ދުވަހުގެ ފަތިހު އޭނާ, ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފްޖޭޓުން ފެނެ އެވެ.
ޔާމީން ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާ ކޮށްފައިވާ ކަމަށާ އެގޮތުން ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 3:24 ގައި ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ