ހުލާސާކޮށް އިއްޔެ: ޕީއެންސީން މާލޭ ސިޓީ ކައުންސިލް ހިންގަން ދަތިކުރަނީ ހުލާސާކޮށް އިއްޔެ: ޕީއެންސީން މާލޭ ސިޓީ ކައުންސިލް ހިންގަން ދަތިކުރަނީ

ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުގެ އިއްޔެގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހުނެވެ.
މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.
މާލެ ސިޓީ ކައުންސިލުގެ އިއްޔެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ހަތް ބޭފުޅުންނެވެ. ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަނީ ވެރިކަން ކުރާ ޕީއެންސީގެ ބައެއް ކައުންސިލަރުންނެވެ.
އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މާލޭގެ މަގުތައް މަތީގައި ކުނި، ފުނިފުންޏަށް ޖަހާފައި ނުނަގައި ހުންނަ މައްސަލަ އާއި ކުނި އެއްކުރާ ކުނި ލޮރީން މަގުމައްޗަށް ދިޔަ ފައިބާ ވާހަކައިގެ އިތުރުން މަގުމަތީގައި އުޅޭ ބުޅާތައް ބުޅާ ފެސިލިޓީއަށް ނުގެންދާ މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު އާއި ސައިފް ފާތިހު އެވެ.
އޭގެއިތުރުން ދެން އެޖެންޑާގައި އޮތީ ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުތަކަށް ކުލި ނުދައްކާ ހުރި ފަރާތްތަކުގެ ޖޫރިމަނާ މާފު ކޮށްދިނުމުގެ މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކައުންސިލަރު، އިބްރާހިމް މުހައްމަދު އެވެ.
މާލެ ސިޓީ ކައުންސިލުގެ ޖަލްސާގެ ކޯރަމް ހަމަނުވެ ކެންސަލް ކުރަންޖެހުނުއިރު، ޕީއެންސީގެ ކައުންސިލަރުން އެއްބާރުލުން ނުދޭތީ މި ފަހުން އެ ކައުންސިލުގެ އެއްވެސް ޖަލްސާއެއް ބޭއްވޭ ގޮތެއް ނުވެ އެވެ. ހަފުތާތަކަކަށްފަހު އެ ކައުންސިލުގެ ޖަލްސާއެއް ބޭއްވުނީ މިދިޔަ ހަފުތާގަ އެވެ.
މުހިއްމު ބައެއް ހަބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ