"ތުރީ-އިން-ވަން" ލޯންޑްރީ ޕޮޑްސް: އަންނައުނު ދޮވުމަށް އިންގިލާބީ ބަދަލެއް "ތުރީ-އިން-ވަން" ލޯންޑްރީ ޕޮޑްސް: އަންނައުނު ދޮވުމަށް އިންގިލާބީ ބަދަލެއް

އެއްޗެހި ދޮވުމުގައި ދިމާވާ ބުރަ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެންމެ ޒަމާނީ "ތުރީ-އިން-ވަން" ލޯންޑްރީ ޕޮޑްސް، އިންކް އިންވެސްޓްމެންޓްސްއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
މި އީޖާދީ އުފެއްދުމުގެ ސަބަބުން މިނެކިރުމެއް ނެތި އަދި އެއްވެސް ތަރުތީބެއް ނެތި ޑިޓަޖެންޓު އެޅުމުގެ ބަދަލުގައި، އެންމެ ޕޮޑަކުން، މުޅި މެޝިން ފުރޭވަރުގެ ހެދުންތައް ދޮވެލެވޭނެ އެވެ.
މި ކެޕްސުލްތަކުގެ އެންމެ ހާއްސަ ސިފައަކީ ޑިޓަޖެންޓާއި، ސޮފްޓްނާ އަދި ލައް ފިލުވާ ތިން ބަޔަކަށް އެއް ޕޮޑެއްގައި ހުރުމެވެ. މި އުފެއްދުން ބޭނުން ކުރުމުން އަންނައުނަށް އުޖާލާކަން އައިސް، މީރުވަސް ދަމަހައްޓަ އެވެ.
މިއީ ފެނުގައި ވަރަށް އަވަހަށް ގިރިގެންދާ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. އެހެންކަމުން، އެއްވެސް އިސްރާފެއް ނެތި، ހަމައެކަނި ޕޮޑެއް މެޝިނަށް އެއްލާލުމުން ދޮވުމުގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާނެއެވެ.
"ސްޕްރިން ކިސް" މަރުކާގެ މި ލޯންޑަރީ ޕޮޑު ޓައްޕެއްގައި 20 ޕޮޑް ހުރެ އެވެ. އޭގެން 20 ފަހަރު ދޮވެވޭނެ އެވެ. އެހެންވެ، މިއީ ހަރަދު ކުޑަ އުފެއްދުމެކެވެ.
މި އުފެއްދުން ރާއްޖެ އަށް އެތެރެކޮށް ވިއްކަނީ އިންކް އިންވެސްޓްމެންޓުންނެވެ. މި އުފެއްދުން ރާއްޖޭގެ ބޮޑެތި ފިހާރަތަކާއި ކަންމަތީ ފިހާރަތަކުން ވެސް ލިބެން ހުންނާނެވެ. ރީޓެއިލްކޮށް ވިއްކަން ބޭނުންވާ ފަރާތްތަކުން އިންކް މޯލްޑިވްސްއާ ގުޅާށެވެ.
ފޯން ނަންބަރު: 7790007
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ