ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ އިން ރެއާލް ކަޓުވާލައިފި ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ އިން ރެއާލް ކަޓުވާލައިފި

މެޑްރިޑް (ޖެނުއަރީ 15) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ގަދަ 16 ބުރުން، ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ އިން 3-2 އިން ރެއާލް މެޑްރިޑް ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލައިފި އެވެ.
މިއީ، ޒަބީ އަލޮންސޯ ކޯޗުކަމުން ވަކިކޮށް، ރެއާލްގެ ކޯޗުގެ ޒިންމާ އަލްވާރޯ އާބެލޯއާއާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރެއާލުން މި މެޗުގައި ކުޅުނީ، ކީލިއަން އެމްބާޕޭ، ރޮޑްރީގޯ، ތިބޯ ކޯޓުއާ، އަދި ޖޫޑް ބެލިންހަމް ނުލަ އެވެ. އެއީ، ހޮނިހިރު ދުވަހު ލީގުގައި ލެވަންޓޭއާ އެކު ކުޅެން އޮތް މެޗަށެވެ.
އާބެލޯއާ ރޭގެ މެޗަށް ފަހު ބުނީ، އަލްބަސެޓޭ އަތުން ރެއާލް ބަލިވުމުގެ ޒިންމާ ނަގާނެ ފަރާތަކީ އޭނާ ކަަމަށެވެ. އަދި، މެޗުގައި ކުޅޭނެ ޓީމެއް ނެގީ އޭނާ ކަމަށާއި އެއީ މި ހާލަތަށް ބަލާއިރު ރަަނގަޅު ނިންމުމެއް ކަމަށް އާބެލޯއާ ވަނީ ބުނެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އަލްބަސެޓޭ އިން މި މެޗުގައި ލީޑުނެގީ 42 ވަނަ މިނިޓްގައި ޖަވީ ވިލާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލުން އެއްވަރުކުރީ ފްރާންކޯ މަސްޓަންޓޫނޯ ޖެހި ގޯލުންނެވެ. އަލްބަސެޓޭގެ ޖެފްޓޭ ބެޓަންކޯ އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފައިވަނިކޮށް، ގޮންޒާލޯ ގާސިއާ ރެއާލަށް އެއްވަރުކޮށްދިން ނަމަވެސް ބެޓަންކޯ ވަނީ އަލުން ގޯލެއް ޖަހައި، އަލްބަސެޓޭ މޮޅުކޮށްދީފަ އެވެ .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ