ބެލަރުސްގެ ގައުމީ އެއާލައިން ކަމަށްވާ ބެލާވިއާއިން ދިވެހިރާއްޖެ އަށް ދަތުރުތައް ފެށުމައް ތައްޔާރުވެއްޖެކަމަށް، އެއާލައިން އިން ހާމަކޮށްފިއެވެ.
މިގޮތުން، އަންނަ އޯގަސްޓް މަހުން ފެށިގެން ދިވެހިރާއްޖެއަށް ދަތުރުތައް ފެށުމަށް ވާންޖެހޭ އެއްމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށާއި، މި ދަތުރުތަކުގައި ފުރަތަމަ މަރުހަލާގައި ހަޔަކާއި އަށަކާ ދެމެދުގެ އަދަދަކަށް ފްލައިޓް ބޭއްވުމަށް ވަނީ ރާވާފަވާކަމަށް، ބެލާވިއާއިން ހާމަކޮށްފައިވެއެވެ. އަދި މި ދަތުރުތަކުގެ ކާމިޔާބީއަށް ބަލައި، ކުރިއަށް އޮތް ތަނުގައި ދަތުރުތައް އިތުރުކުރުމާމެދު ގޮތްތަކެއް ނިންމާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، މެދުއިރުމަތިން ރާއްޖެއަށް ކުރަމުންދިޔަ ބައެއް ދަތުރުތައް ހުއްޓާލުމާއެކު، ބައެއް އެއާލައިންތަކުން ވަނީ، ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރުކޮށްފައެވެ. މިގޮތުން، ރަޝިއާގެ އޭރޯފްލޮޓްއިން މޮސްކޯ އާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތައ އިތުރުކޮށްފަވާއިރު، ޖަރުމަނުވިލާތުގެ އެއާލައިނެއް ކަމަށްވާ ކޮންޑޯއިން އިންވެސް އަންނަ ހޫނުމޫސުމުން ފެށިގެން އަލުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް އެއާލައިންވެސް ވަނީ ހާމަކޮށްފައެވެ.
ބެލާވިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ