ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކޮށްފި އެވެ.
ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި އޮފީސް ހިނގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އޮގަސްޓު މަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނަށް އަމަލުކުރަން ފެށީ އިއްޔެ އެވެ.
އެ ގާނޫނުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ އެ ދާއިރާ ކުރި އެރުވުމެވެ.
ބިލުގައިވާ ގޮތުން "ފިކުރީ މުދާ" ގެ ތެރޭގައި ހިމެނެނީ ޓްރޭޑްމާކާއި، ޕޭޓަންޓާއި، ކޮޕީރައިޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތަކެވެ.
އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލުން ހިމެނެ އެވެ. އަދި ފިކުރީ މުދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މުއާހަދަތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން ހިމެނެ އެވެ.
އިއްޔެ އުފެއްދި ފިކުރީ މުދާ ރައްކާތެރިކުރާ އޮފީސް އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސާދީ މިނިސްޓަރެވެ. ކޮމިޓީ މަރުހަލާގައި ވަނީ އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮތް 10 އަހަރުގެ ތަޖުރިބާގެ މުއްދަތު ފަސް އަހަރަށް ކުރު ކޮށްފަ އެވެ.
އެ މަގާމަށް އަންނަ މީހެއްގެ ދައުރަކީ ފަސް އަހަރެވެ. ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ.
ފިކުރީ މުދާ ހިމާޔަތް ކުރާ އޮފީސް ރަސްމީކޮށް އުފައްދައިފި ފިކުރީ މުދާ ހިމާޔަތް ކުރާ އޮފީސް ރަސްމީކޮށް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ