ޝަރީއަތް ނިމެންދެން ސަނީ ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފި

އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މީގެ މަސް ދުވަސް ކުރިންނެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން، ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ ނިޔަލަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ސަނީގެ ބަންދުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. އެއާއެކު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ:
ސަނީގެ މައްސަލަ ފުލުހުން މިހާރު ވެސް ތަހުގީގު ކުރަމުން ގެންދާ ކަަމަށް
އަދި ތަހުގީގުގައި ކުރަން ހުރި މަސައްކަތަށް ރިއާޔަތްކޮށް، ގާނޫނުގައިވާ ގޮތަށް ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަަމަށް ވެސް އެތަނުން ބުނި
އެނގުން މުހިންމު - ސަނީ ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައިގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް 
 އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން
އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަަތުކުރަނީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ