ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެދެއްވީ ދައުލަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބެލުމަށްފަހުގައެވެ.
މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވީއިރު، ތަޙުޤީޤުގައި ކުރަންހުރި އިތުރު މަސައްކަތްތަކަށް ރިޢާޔަތްކޮށް، ޕީޖީ އޮފީހުން ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލައިގެ ތަޙުޤީޤު މުއްދަތުވެސް އިތުރުކޮށްދީފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ދައުލަތުން ނުހަނު ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކަކަށްވާއިރު، މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާ އުފުލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ