'ސިޓަޑެލް'ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ދުށިންތަ؟
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ، ރިޗަޑް މެޑަން އަދި ސްޓެންލީ ޓޫޗީގެ މުހިންމު ރޯލުތައް ކުޅެފައިވާ އެމެޒޯން ޕްރައިމް ވީޑިއޯގެ ޖާސޫސީ ތުރިލާ ސިލްސިލާ "ސިޓަޑެލް"ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ޓްރެއިލާއަށް މިހާތަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ޓްރެއިލާއިން ފެންނަ ގޮތުގައި މި ސީޒަންގައި ކުރިއަށްވުރެ މާ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ބެލުންތެރިން ތަޖުރިބާކުރާނެއެވެ. މި ސީޒަންގެ ވާހަކަ ބިނާވެފައިވަނީ ޕްރިޔަންކާއާއި ރިޗަޑް އަލުން އާ މިޝަނަކަށް ނުކުންނަ ގޮތަށެވެ. އަދި، އެ މީހުން އަލުން މި މަސައްކަތަށް ނެރުމުގައި ސްޓެންލީ މުހިންމު ދައުރެއް އަދާކުރެއެވެ. މި ތިން ތަރިން ގުޅިގެން އައު ޓީމެއް އެކުލަވާލައި، އިންސާނިއްޔަތު ސަލާމަތް ކުރުމަށް ބޮޑު މަސައްކަތެއް ކުރާ ތަން ޓްރެއިލާއިން ދައްކުވައިދެއެވެ. "ސިޓަޑެލް"ގެ ފުރަތަމަ ސީޒަންގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް އެކްޓަރު ރިޗަޑް މެޑްން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޓްރެއިލާ ރިލީޒްކުރުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި ސީރީޒަށް ވަނީ ހުއްޓިފައެވެ. ބައެއް ފޭނުން ބުނާ ގޮތުގައި މި ސީޒަން ފެންނަނީ ފުރަތަމަ ސީޒަނަށްވުރެ މާ ފުރިހަމަކޮށެވެ. ދެވަނަ ސީޒަންގައި އިތުރު އާ ތަރިންތަކެއް ވެސް ބައިވެރިވެއެވެ. ޖުމުލަ ހަތް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީޒަން އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަން ފަށާނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހެވެ. މީގެ އިތުރުން، އިންޑިއާގައި އުފެއްދި "ސިޓަޑެލް: ހަނީ ބަނީ" އަދި އިޓަލީގައި އުފެއްދި "ސިޓަޑެލް: ޑަޔާނާ" ވަނީ ކެންސަލްކޮށްފައެވެ. އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން ބުނެފައިވާ ގޮތުގައި އެ ދެ ސީރީޒްގެ ވާހަކަ މިހާރު ވަނީ "ސިޓަޑެލް"ގެ ދެވަނަ ސީޒަނާ ގުޅުވާލާފައެވެ. އެހެންކަމުން އެ ދެ ސީރީޒް ދެން ވަކިވަކިން ކުރިއަކަށް ނުގެންދާނެއެވެ. އެ ސްޓޫޑިއޯއިން ސިފަކުރާ ގޮތުގައި މި ފަހަރުގެ ސީޒަންއަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ މިހާތަނަށް ފެންނާނެ އެންމެ ފޯރިގަދަ ސީޒަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ