ޤަޠަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ޤަޠަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލްމަހުން ފެށިގެންނެވެ. މިއީ ޤަޠަރު އެއާވޭސްއާއި ރާއްޖެއާއި ދެމެދު ވައިގެ މަގުން ގުޅާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ޤަޠަރު އެއާވޭސްއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެނެސްދޭ މުހިއްމު އެއާލައިނެކެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ކޮންމެ ހަފުތާއަކު 5 ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއެވެ.
ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެކަމަށް ޤަޠަރު އެއާވޭސް އިން ޤަބޫލުކުރެއެވެ.
ޤަޠަރު އެއާވޭސް އިން ވިދާޅުވީ ޖޫންމަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލުކުރެވޭނެ ކަމަށެވެ.
ވިޒިޓް މޯލްޑިވްސްވަނީ، މި އެއާލައިނުން ދަތުރުކުރާ ފަރާތްތައް، ފުރުމުގެ ކުރިން ފުރާ ގަޑިއާއި، ފްލައިޓު އޮންނަ ގަޑި ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބައެއް ހާލަތްތަކުގައި ފްލައިޓް ޝެޑިއުލްއަށް ބަދަލުތައް އަތުވެދާނެކަމަަށާއި، އެފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކުރައްވައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދޯހާއިން ދަތުރުކުރާ ފަސިންޖަރުންނަށް ޓްރާންސިޓް އޮޕްޝަންތައް ވަރަށް ބޮޑަށް މަދުވިއެވެ. މި ޚިދުމަތްތައް އަލުން ފެށުމާއެކު ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަޠަރު އެއާވޭސްއިން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ