ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރާއްޖޭގެ ގިނަ ރަށްތަކަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ތާއީދެއް ލިބި، ކާމިޔާބީ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހުށަހަޅަނީ ޒިންމާދާރު އަދި ހަލުވި މަސައްކަތްތަކެއް ކުރުމުގެ ޕްލޭނެއްކަމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނިމިގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.
ގިނަ ރަށްތަކަކުން ޕީއެންސީއަށް ތާއީދު ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ