އެސްޓީއޯ އަށް އާންމު ހިއްސާދާރުންގެ ޑިރެކްޓަރެއް ހޯދަނީ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ 2026-2027 ވަނަ އަހަރަށް ބޯޑަށް އިންތިޚާބުކުރާ މަޤާމެކެވެ.
އެސްޓީއޯއިން ނެރުނު ބުނީ މަގާމަށް ކުރިމަތިލާ މީހުންނަ ކުންފުނީގެ ހިންގުމުގެ ދާއިރާއަށް ބޭނުންތެރި، ތަޖުރިބާކާރު އަދި ޤާބިލު މީހުންނަށް ވާންޖެހޭނެ ކަމަށެވެ.
މަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެސްޓީއޯގެ ހިއްސާދާރަކަ ވުމާއެކު، އުމުރުން 30-70 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެ އެވެ. އަދި ތައުލީމީ ގޮތުން ވިޔަފާރި ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، މަދުވެގެން 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުންނަންޖެހެ އެވެ. ނުވަތަ އެކަށީގެންވާ ތަޖުރިބާ ހުރި ނަމަ، ޑިޕްލޮމާއަކާއެކު 10 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
އެސްޓީއޯއިން ބުނީ މަޤާމަށް މީހުން ހޮވުމުގައި ކުންފުނީގެ "ނޮމިނޭޓިން އެންޑް ރިމިއުނަރޭޝަން ކޮމިޓީ" އިން ފަރާތްތައް އިންޓަވިއުކޮށް، ޤާބިލުކަން ވަޒަންކުރާ ކަމަށާއި ބޯޑަށް މެންބަރަކު ރަސްމީކޮށް އިންތިޚާބު ކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކަމަށެވެ.
މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 12 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ