ސަން ބަދިގެ: "ފަރުމަސް ވިތު ކެޝޫނަޓްސް"

މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ފަރުމަސް ބޭނުންކޮށްގެން ވަރަށް ލުއި ކެއުމެއް ތައްޔާރުކޮށްލާނެ ގޮތެވެ. ބޭނުންވާ ތަކެތި ފަރުމަސްފިޔާކެރެޓްލީކްސްކެޝޫނަޓްމަޝްރޫމްހިކިމިރުސްއޮއިސްޓަރ ސޯސްސޯޔާ ސޯސްއަސޭމިރުސްކޯންފްލާ ތައްޔާރުކުރާނެގޮތް އެންމެ ފުރަތަމަ ފަރުމަސްކޮޅު ސާފުކޮށްލުމަށްފަހު ކިއުބްސް ގޮތަށް ކޮށާލާށެވެ. އެއަށްފަހު ފިޔާ، ކެރެޓް، ހިކިމިރުސް، ލީކްސް ކޮށާލާށެވެ. ދެން ކޮށާފައި ހުރި ފަރުމަސްކޮޅު ތެޔޮކޮޅެއްގައި ރަނގަޅަށް ރޯފިލަންދެން ކައްކާލަށެވެ. މަސްތައް ރޯފިލުމުން، އޭގެތެރެއަށް ހިކިމިރުސް، ކެޝޫނަޓް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ކުޑަ އަސޭމިރުސްކޮޅެއް، މަޝްރޫމް، ފިޔާ އަދި ކެރެޓްކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން އޮއިސްޓަ ސޯސް، ސީޒަނިންގް ސޯސް އަދި ސޯޔާ ސޯސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުޑަ ފެން ފޮދެއް އަޅާލުމަށްފަހު ގިރާލާފައި ހުރި ކޯން ފްލާކޮޅު އަޅާލާށެވެ. ދެން ކޮށާފައިހުރި ލީކްސް ކޮޅު އަޅާލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާފައި އުނދުން ނިވާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ