ދިރާގު ފިންޓެކްއިން
ކުރިއަށް ގެންދިޔަ ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ
ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިިއުލާންކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މުހައްމަދު އިބްރާހިމްއެވެ.
އާންމުންގެ ބޮޑު ތަރުހީބެއް
ލިބިގެންދިޔަ މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވެފައި ވާކަމަށާއި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފައިވަނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެން ކަމަށް ދިރާގުން މައުލުމާތުދީފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މި
ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި
ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން
އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއަ ކަމަށެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ
ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުޕޭއިން ދޭ ބައި ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ