ރައީސްގެ މަންދޫބެއްގެ ގޮތުގައި ޚާލިދާ ޒިއާގެ ޖަނާޒާއަށް ހައިދަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފި އެވެ.ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އިއްޔެ ހެނދުނު އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ ބަނގްލަދޭޝްގެ ރައްޔިތުންނާ މަރުޙޫމާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.މިނިސްޓަރު ޙައިދަރު، ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.ޚާލިދާ ޒިޔާ އަވަހާރަވީ ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްޔެ ރޭ ފަތިހު އެވެ. ޚާލިދާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ