އޫކްލާ އެވޯޑްސްއިން ދިރާގުގެ 5ޖީ ހިދުމަތަށް 3 އެވޯޑް

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް' އެވޯޑު Q1-Q2 2025 އަށް ދިރާގަށް ލިބިއްޖެއެވެ. 
ދިރާގުން ބުނެފައިވާ ގޮތުން، މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. 
މި ގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސަރވިސް ޕްރޮވައިޑަރއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73%އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ. 
ކަނެކްޓިވިޓީ އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާއޫކްލާއިން، ސްޕީޑްޓެސްޓް، ޑައުން ޑިޓެކްޓަރ، އެކަހައު، އަދި ރޫޓްމެޓްރިކްސް މެދުވެރިކޮށް، ނެޓްވޯކް އަދި ކަނެކްޓިވިޓީއާ ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދެއެވެ. އެ މައުލޫމާތުތަކުގެ އެހީގައި، ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ، އަމަލީ ގޮތުން ބޭނުން ކުރެވޭ ފަދަ މައުލޫމާތުތަކައް ބަދަލުކޮށްދެއެވެ. 
ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް' ވިދިވިދިގެން ތިންއަހަރު ހޯދައި އަދި 'ފާސްޓަސްޓް 5ޖީ ނެޓްވޯކް' ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ