މަންޑޭގެ ޕާޓްނަރު ޖައިޝާން 159 އަހަރަށް ޖަލަށް

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) އާއެކު އެ ޖަރީމާގައި ބައިވެރިވި ރ.އަލިފުށި/ކިނާރާގެ، ޖައިޝާން ސައީދު, 159 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ކޭޕާކް ޖަރީމާގައި މަންޑޭއާއެކު ބައިވެރިވި, ޖައިޝާން ސައީދުގެ މައްޗަށް 89 ދައުވާއެއް ސާބިތުވިއެވެ. ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 41 ދައުވާއާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 44 ދައުވާ އާއި މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާއެވެ. https://www.sun.mv/216098 މި މައްސަލަތަކާ ގުޅިގެން ޖައިޝަމް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ޖުމުލަ 159 އަހަރާއި ފަސް މަހާއި 14 ދުވަސް ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ. މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވުމާ ގުޅިގެން، އޭނާ 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. މަންޑޭގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރިއެވެ. އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ ފުރަތަމަ ވެސް މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ. އޭނާއަށް އެހީތެރިވި ކަމުގެ ތުހުމަތު ކުރެވެނީ ޖައިޝާން އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ