ފުވައްމުލަކު ސިޓީގައި ޖެންސެޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން، އެކި ގަޑިތަކުގައި ކަރަންޓު ކަނޑަން ނިންމައިފި އެވެ.
ފެނަކައިގެ ފުވައްމުލަކު ބްރާންޗުން ނެރުނު އިއުލާނެއްގައި ބުނީ އެ ސިޓީގެ ޖެންސެޓަކަށް ދިމާވި މައްސަލައެއް ހައްލު ކުރެވެންދެން ތާވަލާ އެއްގޮތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. ނަމަވެސް ލޯޑު މަތިނުވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ނުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން ވަނީ، މިއަދު 18:00އިން ފެށިގެން ކޮންމެ ގަޑިއިރެއްގައި ކަރަންޓު ކެނޑޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތާވަލެއް އިއުލާނުގައި ހިމަނައިފައެވެ. އެގޮތުން 00:00އާ ހަމައަށް ކަރަންޓު ކަނޑަމުންދާނެ ކަމަށް ބުނެފައިވެ އެވެ.
ފެނަކައިން ވަނީ ކަރަންޓު ކެނޑުމުން ބޭނުންކުރާ އިލެކްޓްރޯނިކް ތަކެތީގެ ސްވިޗު އޮފްކޮށްފައި ބެހެއްޓުމަކީ ރައްކާތެރި ކަމެއް ކަމަށް ބުނެފަ އެވެ.
އެކި ގަޑިތަކުގައި ފުވައްމުލަކުން ކަރަންޓް ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ