މިއަދު ނިޔާވި ދިވެހި ތެލެސީމިއާ އާއިލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ޢަބްދުލްމުޢިއްޒު ޙަސަންގެ ޖަނާޒާ މިރޭ 12:00 ގައި ބޭއްވުމަށް ނިންމައިފި އެވެ.
މުޢިއްޒު ނިޔާވީ ހާލު ދެރަވެ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މުޢިއްޒުގެ ޖަނާޒާ މިރޭ 12 ޖަހާއިރު ހުޅުމާލެ ސަހަރާ ގައި ބޭއްވުމަށް އާއިލާއިން ވަނީ ނިންމާފަ އެވެ.
ތެލެސީމިއާއަށް ދިވެހީން ހޭލުންތެރިކުރުވުމަށް މި ފަހުން ހިންގުނު ހުރިހާ ކެމްޕެއިނެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ މުއިއްޒު އެވެ. މުޢިއްޒަކީ ނޫސްވެރީންނާއި އަދި މީޑިއާތަކާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ވަރަށް ގިނައިން ޓީވީއާ ރޭޑިއޯ ޕްރަގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މުޢިއްޒު ވަޒީފާ އަދާކުރަމުން އައީ އެޗްޑީސީގަ އެވެ. އެޗްޑީސީ ކުލަބުގެ ރައީސަކީ ވެސް އޭނާ އެވެ. އެ ކުންފުނިން ހިންގާ މުހިންމު މަޝްރޫޢުތަކުގައި މުޢިއްޒުގެ ބައިވެރިވުން އޮތެވެ.
ޢަބްދުލްމުޢިއްޒު ޙަސަން އަކީ ވޮއިސްއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. މުޢިއްޒު ނިޔާވުމުގެ ފުން ހިތާމާގައި ވޮއިސްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒިފުން ބައިވެރިވަމެވެ. އަދި އާއިލާއަށް އެންމެ ހެޔޮ ތައުޒިޔާ ފޮނުވަމެވެ.
ދުއާ އަކީ ކީރިތި އިލާހުގެ ތަނަވަސް ރަހްމަތުގައި މުޢިއްޒުގެ ފުރާނަ ލެއްވުމެވެ.
މުޢިއްޒުގެ ޖަނާޒާ މިރޭ 12 ޖަހާއިރު ހުޅުމާލެ ސަހަރާ ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ