ލ. ފޮނަދޫ ދާއިރާގެ ގޮނޑި އެ ދާއިރާގެ މިހާރުގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަލިކުރެއްވުމަށް ފަހު އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖު ކާމިޔާބުކުރައްވައިފިއެވެ.
ފޮނަދޫ ދާއިރާގެ ގޮނޑި މޫސާ ސިރާޖު ކާމިޔާބު ކުރެއްވީ ކުޑަތަފާތަކުން އަބްދުއްރަހީމް( އަދުރޭ)ގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
ޖުމްލަ ހަ ބޭފުޅަކު ފޮނަދޫ ދާއިރާއަށް ކުރިމަތިލެއްވިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި ތިން ބޭފުޅަކާއި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކަނބަލަކާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މޫސާ ސިރާޖުގެ އިތުރުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުއްރަހީމެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ސިރާޖު އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ 774 ވޯޓުންނެވެ. އަދި އޭނާއާއި އެންމެ ގާތުން އަދުރޭއަށް ލިބިފައިވަނީ 698 ވޯޓެވެ. ފޮނަދޫ ދާއިރާއިން ދެން އެންމެ ގިނަ ވޯޓު ހޯއްދެވީ ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވި ފާތިމަތު ޒައީމާއެވެ. ޒައީމާއަށް 255 ވޯޓު ލިބިފައިވެއެވެ.
ފޮނަދޫ ދާއިރާއަށް ޖުމްލަ 2837 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބޭއިރު އެ ހައްގުގެ ބޭނުންކޮށްފައިވަނީ 1901 މީހުންނެވެ.
ދެ ދައުރަށް ފަހު ފޮނަދޫ އަދި މާމެންދޫގެ ރައްޔިތުން އަބްދުއްރަހީމަށް ނޫނެކޭ ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ