ދިހަ މިލިއަން ހޯދަން މަވޯޓާއާ ދެކޮޅަށް ނަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ކިބައިން ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދުމަށް ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިގެންފިއެވެ. ނަޝީދު ތަމްސީލުކުރާ ލޯފާމުން މިއަދު "ސަން"އަށްވަނީ އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ މައްސަލަ ހުށަހެޅީ ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ނަޝީދު އެދިވަޑައިގަތީ ޝަރީފްގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދިނުމަށެވެ. ހަމައެއާއެކު އެ ޓްވީޓުގެ ސަބަބުން އެ މަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ