އެންމެ އިތުބާރު ކުރެވޭ ގައުމަކީ އިންޑިއާ: ރަައީސް

އިންޑިއާއަކީ އެންމެ ދަތި އުނދަގޫވި ވަގުތު އެންމެ ބޮޑު އެހީތެރިޔާ ކަމުގައި ވިދާޅުވިއެވެ. އެކަަމުގެ ސަބަބުން އިންޑިއާ ވެފައިވަނީ ރާއްޖޭގެ އެންމެ އެކުވެރި / އެންްމެ އިތުބާރު ކުރެވޭ ބައިވެރިޔާއަށް ކަަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުން ބޮޑު އުނދަގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ ރާއްޖޭގެ އެންމެ ގާތް / އެންމެ އިތުބާރު ކުރެވޭ އެއް ރަހްމަތްތެރިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމު ކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.  ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގައި ހޭދަވެގެން ދިޔަ ހަތަރު އަހަރު އިންޑިއާ އިން ލިބުނު އެހީތެރިކަން ފާހަގަ ކުރެއްވި އެވެ. އަދި އެ ގައުމަކީ އެންމެ ދަތި އުނދަގޫވި ވަގުތު އެންމެ ބޮޑު އެހީތެރިޔާ ކަމުގައި ވިދާޅުވިއެވެ. އެކަަމުގެ ސަބަބުން އިންޑިއާ ވެފައިވަނީ ރާއްޖޭގެ އެންމެ އެކުވެރި / އެންްމެ އިތުބާރު ކުރެވޭ ބައިވެރިޔާއަށް ކަަމަށް ވިދާޅުވިއެވެ.ރައީސްގެ ވާހަކަފުޅުގައި އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. އެ ގޮތުން އިންޑިއާގައި ވެރިކަން ހިންގާ ގޮތަށް ތައުރީފު ކުރެއްވިއެވެ. 
އެގޮތުން އިންޑިއާގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި ހަމަޖެހުމަށް އެ ގައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންވެރިކަމާއެކު ދައްކުވައިދީފައިކަމުގައި ވިދާޅުވެ އެކަމަށް ތައުރީފް ކުރެއްވިއެވެ. އަދި އިންޑިއާގެ ގާނޫނުއަސާސީން ވަނީ އެ ގައުމުގެ ސިޔާދަތާއ ހުރިހާ ރައްޔިތުން ހައްގުތައް ކަށަވަރު ކޮށްދީފައި ކަމަށް ވިދާޅުވެ އިންޑިއާގެ ކާމިޔާބީގައި އެ ގައުމުގެ ގާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.އިންޑިއާއަކީ އެ ގައުމުގެ ދުސްތޫރީ ވެރިކަން ހިންގުމުގައި ރާއްޖެ ފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ޤގައުމުތަކަށް އަލިގަދަ ނަމޫނާ އެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި އިންޑިއާގެ ގާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަސައްވުރަކީ ފުރިހަމަ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިޔާގެ އެންމެހައި ކަންކޮޅުތަކެއްގައި އަދުލުވެރި އަދި ޝާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީ ވެސް އިންޑިއާގެ ގާނޫނުއަސާސީންނާއި އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.އަދި ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި ތަފާތު މުޖުތަމައުތައް އެއްބައިކޮށް މުޖުތަމަޢުގައި ނަމޫނާ ހަމަހަމަ ކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރެވިދާނެ ކަން އިންޑިއާއިން މިހާރުވެސް އަންނަނީ ދުނިޔެއަށް ދައްކައިދެމުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސާ ދްރައުޕަތީ މުރުމު އަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހުގެ ހެޔޮއެދުންތަކާއި ތަހްނިޔާ ފޮނުއްވާފަ އެވެ.އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ދައުލަތުގެ އިއްޒަތްތެރިންނާއި ކެބިނެޓްގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ