ސުޕްރީމް ކޯޓު އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ރިސެސްއަށް ހިނގައްޖެއެވެ.ކޯޓްތަކުގެ ޤާނޫނުގެ 7ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގައެވެ.ކޯޓްތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން ރިސެސް މުއްދަތުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިނަމަ ސުޕްރީމްކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ކޯޓްތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން ރިސެސް މުއްދަތުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިނަމަ ސުޕްރީމްކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ކޯޓްތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ