އަދުލު އިންސާފާއި ގާނޫނީ ދާއިރާގެ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަން ކުރަން ފަށައިފި

ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، އަދުލު އިންސާފު އަދި ގާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން ފަށައިފިއެވެ. އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙުސައިން ޙަސަން ވިދާޅުވީ އެ އޮފީހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތުގެ މަގްސަދަކީ، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، މި ދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅު ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމާއެކު، އެކަންކަން ތަންފީޒުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ. އަދި މިކަމުގައި ހައްލު ހޯދުމަށްޓަކައި ބޭނުންވާ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ދެނެގަނެ، ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ޙުސައިން ވިދާޅުވިއެވެ. Justice & legal sector reform is a key pledge of GoM. @AGOmv has launched a Justice & Legal Sector Stock-Taking Exercise to measure the success of implementation of GoM’s reform proposals. This exercise will inform further planning and resource allocation in these areas. — I Riffath (@ibriffath) August 16, 2022 "> Justice & legal sector reform is a key pledge of GoM. @AGOmv has launched a Justice & Legal Sector Stock-Taking Exercise to measure the success of implementation of GoM’s reform proposals. This exercise will inform further planning and resource allocation in these areas. — I Riffath (@ibriffath) August 16, 2022 އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ދިރާސާކޮށް، އެ ހުރިހާ ފިޔަވަޅުތަކެއް އެނގޭނެ ކަރުދާހެއް ތައްޔާރުކުރެވޭނެއެވެ. ދެވަނަ މަރުހަލާގައި، މި ކަރުދާހުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ވަކިވަކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި، ފިޔަވަޅުތައް ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމާއެކު، މި ތަންފީޒު ކުރުމުގެ މަސައްކަތުގައި ހުރި ދަތިތައް ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވޭނެއެވެ. ތިންވަނަ މަރުހަލާގައި، ތަންފީޒުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވައިލާނެއެވެ. އަދި މި ޕްލޭނަށް ބިނާކޮށް، ބައިނަލްއަގުވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އަދި ގާނޫނީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެކިއެކި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާނެއެވެ. އެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް އޭޖީ އޮފީހުން ލަފާކުރެއެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކެޑެމީއާއި، ހުރިހާ ކޯޓުތަކާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ޖަމްއިއްޔާތައް ޝާމިލުވާ ގޮތުގެ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ