އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ފުލުހުންގެ "ވޯކް އެންޑް ޓޯކް" މިއަދު ހަވީރު

ކޮންމެ ޑިސެމްބަރު މަހެއްގެ 2 ވަނަ ދުވަހު ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ފުލުހުންގެ "ވޯކް އެންޑް ޓޯކް" ކުރިއަށް ގެންދަން ނިންމައިފިއެވެ.
ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަވީރު 4:00-6:00 އަށެވެ.
އެގޮތުން އާންމުންނަށް ފުލުހުންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ އެވެ. މިއީ ރައްޔިތުންނާ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތް ދޭން ބޭނުންވާތީ ކުރާ ކަމެކެވެ.
މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް، ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ފަށައިފައިވަނީ މިއަދު ފަތިހު މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ.
އެއަށްފަހު ހެނދުނު 09:23 ގައި ސުކޫތެއްވަނީ ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ