ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މެލޭޝިއާ ގައި ބަންދުކޮށްފި
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އަށް އިއްޔެ ވަޑައިގަތުމުން، އެއާޕޯޓުގައި ހިފަހައްޓައި، އޭނާ ޑިޕޯޓުކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.އެނގިފައިވާ ގޮތުގައި މެލޭޝިއާއަށް މަދަނީ އަބްދުﷲ ދަތުރުކުރީ ރޭގެ ވަގުތެއްގައި ބެޓިކް އެއާ ފްލައިޓަކުންނެވެ. މެލޭޝިއާގެ އިމިގްރޭޝަނުން އޭނާ ހިފަހެއްޓީ ނިރުބަވެރިކަމަށް ހިތްވަރުދޭ ކަމަށް ބުނެ، ބްލެކް ލިސްޓުގައި އޭނާގެ ނަން އޮތުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މެލޭޝިއާ އިމިގްރޭަޝަނުން އޭނާ ހިފެއްހެޓީ އެ އިދާރާގެ "ބްލެކް ލިސްޓެއް"ގައި އޮތުމުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ. އެހެން ނަމަވެސް އެއީ ކޮން ލިސްޓެއް ކަމެއް އަދި ނޭނގެ އެވެ. އޭނާ މި ވަގުތު އެއާޕޯޓުގައި ހުރީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެންމެ އަވަހަށް ހަމަޖެހޭ ފްލައިޓަކުން އަނބުރާ ރާއްޖެ އަށް ފޮނުވާލާނެ ކަން ވެސް ވަނީ އެނގިފަ އެވެ.ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން އެ ކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ