ކަލާފާނު ސްކޫލް ގައި ވޮކޭޝަނަލް ތައުލީމު ދޭ ލެބެއް ހުޅުވައިފި

ސްކޫލް ތަކުގައި ވޮކޭޝަނަލް ތައުލީމު ދިނުމަށް ޤާއިމް ކުރާ ލެބްތަކުގެ ތެރެއިން ލެބެއް މިއަދު ކަލާފާނު ސްކޫލްގައި ހުޅުވައިފިއެވެ. މި ލެބް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ލެބް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.
ވޮކޭޝަނަލް ލެބަކީ ދަރިވަރުންގެ އާންމު ދިރިއުޅުމުގެ ކަންކަން ދަސްކުރުމަށް މުހިންމު ހުނަރުތައް ކަމުގައިވާ ކެއްކުމާއި،ފެހުމާއި، ވަޑާން ކުރުމގެ މަސައްކަތް އަދި ފަންނުވެރިކަމުގެ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ބޭނުންވާ އާލާތް ތަކާއި އެކު ފަރުމާ ކުރެވިފައިވާ ލެބެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ ހުރިހާ އަތޮޅު ތަކެއް ހިމެނޭހެން 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމް ދަސްކޮށްދޭ ލެބްތައް ގާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިލެބް ތަކަކީ އެޓޯލް އެޑިއުކޭޝަން (އޭ.އީ.ޑީ.ޕީ) ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތް ތަކެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Advertisement
މިކަމާއި ބެހޭގޮތުން ކަލާފާނު ސްކޫލުން ބުނީ މި ލެބަކީ ކުދިންނަށް ކަންކަން ދެނެގަތުމަށާއި ތަފާތު ހުނަރުތައް ދަސްކޮށް ކުރިއެރުވުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ