މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވަނިކޮށް އަަހްމަދު މޫސާގެ ޕާސްޕޯޓް އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުމެއް މިއަދު އެކެއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ.
މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ)ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައިކޯޓުން ދެމެހެއްޓި ނިންމުން ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
ވ. ތިނަދޫ ރެޑްހައުސް، އަހްމަދު މޫސާ މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އަހްމަދު މޫސާ ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ. އެއީ ޖޫން، 16 2021 ގައެވެ.މި އަމުރު މުރާޖައ ކުރުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުށައަޅާފައެވެ. އަދި އަމުރު މުރާޖައާކޮށް އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ވަނީ އަމުރެއް ނެރެފައެވެ. އެއީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން ދިން ހުއްދަ އެކެވެ.އެ އަމުރު ބާތިލު ކުރަން ދައުލަތުން ހައިކޯޓަށް ދިޔަނަމަވެސް ކޯޓްގެ ނިންމުން އައީ ދައުލަތާ ދެކޮޅަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅާ އެ އަމުރު ވަނީ ދަމަހައްޓާފައެވެ.ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ހައިކޯޓުގެ ނިންމުމާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިސްތިއުނާފު ކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެއެވެ.އަހްމަދު މޫސާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައި އޮތީ ހައެއް ޑިސެންބަރުން ފެށިގެން 25 ޑިސެންބަރާ ހަމައަށެވެ. މި މައްސަލަ ހައިކޯޓުން ނިންމެވިއިރު އަހްމަދު މޫސާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ނިންމި މުއްދަތު އޮތީ ހަމަވެފައެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވަނިކޮށް އަަހްމަދު މޫސާގެ ޕާސްޕޯޓް އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުމެއް މިއަދު އެކެއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ. ނަމަވެސް އަހްމަދު މޫސާގރ ޕާސްޕޯޓާ ގުޅޭ މައްސަލައި ގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާނކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.އަހްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އައްމަޓީގެ ޕާސްޕޯޓާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ