ވިހިވަނަ މަޖިލީހަށް ކުރިމަތިލާން ގާސިމް ނިންމަވައިފި

ގާސިމް އަކީ ހިނގަމުން މިދާ 19 ވަނަ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރެވެ. ގާސިމް ވަނީ 18 ވަނަ މަޖިލީހު ގައި ވެސް އެ ދާއިރާ ތަމްސީލު ކުރައްވާފައެވެ.
ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ވެސް ވާދަ ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އަކީ ހިނގަމުން މިދާ 19 ވަނަ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރެވެ. ގާސިމް ވަނީ 18 ވަނަ މަޖިލީހު ގައި ވެސް އެ ދާއިރާ ތަމްސީލު ކުރައްވާފައެވެ.ރައީސް މުއިއްޒާ ބައްދަލު ކުރެއްވުމަށް ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެެރީންނާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކުރިއަށް އޮތް މަޖިލީހަށް ވެސް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެ ފައެވެ. އަދި ކުރިމަތި ލައްވަނީ މިދިޔަ 10 އަހަރު ވެސް -- ދެ ދައުރު ވެސް ފުރުއްވި މާމިގިލީ ގޮޑިއަށް ކަމަށް ވިދާޅުވި އެވެ.ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވާ މުޅި ރާއްޖެއިން ގާސިމަށް ލިބިވަޑައިގަތީ ފަސްހާހެއްހާ ވޯޓެވެ. ނަމަވެސް މާމިގިލީ ދާއިރާ އިން ކުރި ހޯއްދެވީ އެ އިންތިހާބު ގައި ވެސް ގާސިމެވެ. ގާސިމް ނިސްބަތްވެވަޑައިގަންނަވަނީ ވެސް އެ ދާއިރާ އަށެވެ. އެމަނިކުފާނުގެ ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ވެސް މާމިގިލީ ވެ އެވެ. އެ ރަށާއި ދާދި ކައިރީ ގައި އެމަނިކުފާނުގެ އަމިއްލަފުޅު ދެ ރިސޯޓް ހިންގަވައެވެ. ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާފައި ވުމާއި އެކި ކަންކަމުގައި އާންމުންނަށް ވެދެއްވާ އެހީތެރިކަމުގެ ސަބަބުން މާމިގިލީ ދާއިރާ ގައި ގާސިމަށް ހާއްސަ ތާއީދަކާއި ލޯތްބެއް އޮވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ