އެމްއެންޔޫގެ ފުރަތަމަ 'ސަމާ ސްކޫލް'ގައި ބައިވެރިވާން ހުޅުވާލައިފި

މޫސުމަށް އަންނަ ބަދަލުތަކާ މެދު ހޭލުންތެރިކޮށް އެ ދާއިރާ އިންް ރިސާޗާއި ތައުލީމީ ގާބިލުކަން އިތުރުކުރުމަށް 'ދަ މޯލްޑިވްސް ސަމާ ސްކޫލް'ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބޭރުގެ އިތުރު ތިން ޔުނިވާސިޓީ އަކާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކްލައިމެޓް ޗޭންޖު، ޑިޕްލޮމަސީ، ލީޑާޝިޕް އެންޑް ރެސިލިއަންސް ޕްރޮޖެކްޓުގެ ބަޔެކެވެ.
ތަފްސީލް - އެމްއެންޔޫގެ އިތުރުން މި ޕްރޮގްރާމުގެ ޕާޓްނާ ޔުނިވާސިޓީތަކަކީ
ޔުނިވާސިޓީ އޮފް ލެޔިޖް، ބެލްޖިއަމް
ޔުނިވާސިޓީ އޮފް އިކޮނޮމިކްސް އޮފް ބްރަޓިސްލަވާ، ސްލޮވޭކިއާ
ސީޓޭ އިންޓަނޭޝަނަލް ޔުނިވާސިޓީ، ޕެރިސް/ފްރާންސް
އެމްއެންޔޫ އިން ބުނީ މި މަހުގެ  10 އާ ހަމައަށް  ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބައިވެރިން ނެގުމުގައި ޕްރޮގްރާމު ކުރިއަށް ގެންދާ ހަތަރު ޔުނިވާސިޓީގެ ދަރިވަރުންނަށް އިސްކަން ދޭނެ
ދުނިޔޭގެ ކޮންމެ ސަރަހައްދަކުން ވެސް ޕްރޮގްރާމުގައި ބައިވެރިވާން ހުށަހެޅޭނެ
ބައިވެރިވުމުގެ ފީ އަކީ 475 ޑޮލަރު (7،325 ރުފިޔާ)؛ ބައިވެރިވުމަށް ފޯމު ފުރުމަށް
ސީވީއާ އެކު މޯޓިވޭޝަނަލް ލެޓާ އަކާއި ރިސާޝް އެބްސްޓްރެކްޓު (400 ބަސް) ހުށަހަޅަން ޖެހޭ؛ މި ތަކެތި އީމެއިލް ކުރާނީ summer.school@mnu.edu.mv  އަށް
ޕްރޮގްރާމު ކުރިއަށް ދާނީ 25 ނޮވެމްބަރުން ފެށިގެން
ބޭރުން އަންނަ ދަރިވަރުން ރާއްޖެ އައުމުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށް
ޕްރޮގްރާމުގެ ޕާޓްނާ ހަތަރު ޔުނިވާސިޓީގެ ތެރެއިން ކޮންމެ ޔުނިވާސިޓީ އަކުން ވެސް ތިން ދަރިވަރުން ސްޕޮންސާ ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ