ކުޅުދުއްފުށިން ގެއްލިގެން ހޯދާ މީހާ އަދިވެސް ނުފެނޭ

އޭނާ ގެއްލިގެން ހޯދާތާ ތިން ދުވަސް ވެފައިވާއިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ހދ. ކުޅުދުއްފުށި ސިޓީ އިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދަނީ އެ ސިޓީއަށް ނިސްބަތްވާ ލަންދޫގެ، އަބްދުﷲ އިބްރާހިމް ކިޔާ މީހެކެވެ. އުމުރުން 39 އަހަރުގެ އެ މީހާ އާއިލާއަށް ހަބަރެއް ނުވެގެން ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ގެއްލިގެން ހޯދާތާ ތިން ދުވަސް ވެފައިވާއިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. ފުލުހުން މިއަދު ބުނީ އޭނާ އަދިވެސް ނުފެންނަ ކަމަށާއި، އަދިވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.ފުލުހުން އިއްޔެ ވަނީ އަބްދުﷲގެ ފޮޓޯއެއް އާންމު ކުރުމަށްފަހު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭނާގެ އެއްވެސް އުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.އާއިލާއަށް ހަބަރު ނުވެ އުޅޭ މީހުން ގެއްލިގެން ހޯދަން އިއުލާނުކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ގިނަ ފަހަރަށް ގެއްލިގެން ހޯދަން އިއުލާނު ކުރުމުން އަމިއްލައަށް އާއިލާއަށް ގުޅައި ހަބަރުދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ