ސަންދާނު ލުތުފީ މަރާލަން ރައީސް ނަޝީދު އުޅުއްވިކަމުގެ ތުހުމަތެއް

ވަރަށް ބޮޑަށް ރޭވިގެން އިބްރާހީމް ލުތުފީ މަރާލުމަށް ދިން ހަމަލާއަކުން ސަލާމަތް ވެއްޖެކަމަށް އޭނާ ބުނެފިއެވެ. ސްވިޒަލޭންޑްގައި ދިރިއުޅޭ ސަންދާނު ލުތުފީ އެހެން ބުނީ މިއަދު އެކްސްގަެި ކުރިޕޯސްޓެއްގައެވެ.
އޭނާ ބުނެފައިވަނީ " 18 ޖުލައި 2026 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:49 ހާއިރު، ސުވިޒަލޭންޑުގެ ބާސެލްގައި އަޅުގަނޑު މަރާލުމަށް ދިން ވަރަށް ބޮޑަށް ރޭވިފައިވާ ނުރައްކާތެރި ހަމަލާއަކުން މާތްﷲގެ ރަޙްމަތްފުޅުން ސަލާމަތްވެއްޖެ" ކަމަށެވެ. 
"މިއީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން،  ކްރިމިނަލް ގޭންގް މެދުވެރިކޮށް ހިންގާފައިވާ ކަމެއް" ކަމަށް ސަންދާނު ލުތުފީ ބުނެފައިވެއެވެ. 
ސަންދާނު ލުތުފީގެ ނުރައްކާތެރި ތުހުމަތަށް އަދި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ