ދިވެހި
ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން
އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25
ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް
ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ ހަކަތައިގެ
ރައްކާތެރިކަން އިތުރުކޮށް، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު
ކުޑަކުރުމުގެ އިތުރުން ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު
ފިޔަވަޅެއް ކަމަށް ސަރުކާރުން ބުންޏެވެ.
ތަފްސީލް - މި ނިޒާމުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިއަދު ރ. ކިނޮޅަހުގައި ވަނީ ބާއްވައިފަ އެވެ.
'ޕްރިޕެއަރިން އައުޓާ އައިލެންޑްސް
ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް' (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން
ކުރިއަށްދިޔަ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ 160 ރަށެއްގެ ޑީސަލުން
ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް
ބަދަލުކުރުމެވެ. އެގޮތުން:
މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިންމާ، އެ
ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުން
މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓްގެ ޕީކް ސޯލާ ޕީވީގެ އިތުރުން 10.6 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކޮށްފައިވޭ
ސިސްޓަމްތަކަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ގްރިޑް ވެސް ވަނީ އަޕްގްރޭޑުކޮށްފައި
މި ރަށްރަށަށް 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ފޯރުކޮށްދީފައިވޭ
މި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ
ޕީވީ އާއި 10 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެ އެވެ. އެގޮތުން:
މި
ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދާނެ
މީގެ
ސަބަބުން އަހަރަކު 3 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރޭނެ
އެއާ އެކު، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8،400 މެޓްރިކް ޓަނުން
މަދުކުރެވޭނެ
މިއަދު ހިދުމަތް އިފްތިތާހު ކުރި 25 ރަށާ އެކު ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ
ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީ އާއި 20.6
މެގަވޮޓް އަވާގެ ބެޓަރީ ސްޓޯރޭޖް ބޭނުންކުރާނެ އެވެ.
އިތުރު 23 ރަށެއްގައި މި ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
އެނގުން މުހިއްމު - ޕޮއިސްޑް
ޕްރޮޖެކްޓަކީ ގައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ
މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި
ބޭނުންކުރާ ކަރަންޓުގެ %33އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ
ކަރަންޓަށް ހެދުމެވެ.
ރ. އަދި ބ. އަތޮޅުގެ 25 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ