600 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް އަލިފުއްޓަށް ގެންގޮސް ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް

ރ އަލިފުއްޓައް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސް ޚިދުމަތްދޭން ފަށައިިއެވެ.ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލިފުށި ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ އިއްޔެ މެންދުރުފަހު 2:20 ހާއިރު އެރަށަށް ގެންދިޔަ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރ އިންސްޓޯލްކުރުމުގެ މަސައްކަތް ނިންމާ މިއަދު ފަތިހު 6 ޖަހާކަންހާއިރު އެޖަނަރޭޓަރުން ކަރަންޓު ދޭންފަށާފައިވާ ކަމަށެވެ.ރާޒީ އިތުރަށް ވިދާޅުވީ މިއީ އަލިފުށީ ކަރަންޓުގެ މައްސަލައަށް ލިބުނު ވަގުތީ ހައްލެއް ކަމަށާއި ކުރިން އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރ މަރާމާތުކޮށް 600 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރުން ކަރަންޓު ފޯރުކޮށްދޭން ފެށުމުން އަލިފުށި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.އަލިފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވާންފެށީ ކަރަންޓު ދިނުމުގައި ބޭނުންކުރަމުންދިޔަ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރގެ ރޭޑިއޭޓަރ މައްސަލަ ޖެހިގެންނެވެ.އަލިފުށީގައި ކުރިން ކަރަންޓު ދެމުންއައީ 600 ކިލޯވޯޓާއި 400 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. 400 ކިލޯ ވޯޓުގެ ޖަނަރޭޓަރުން ކަރަންޓު ދެމުން ގެންދިޔައީ ރޭގަނޑު ކަރަންޓު ލޯޑު ދަށްވާ  ވަގުތު ތަކުގައެވެ.ރާޒީ ވިދާޅުވި ގޮތުގައި އަލިފުއްޓަށް ދިމާވި ކަރަންޓުގެ މައްސަލައިގައި ރައްޔިތުން ދެއްކި ރިވެތި މިސާލަށް ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރާކަމަށެވެ.“އިއްޔެ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރު ރަށަށް ގެނެސް އިންޖީނުގެއާއި ހަމައަށް އޭތި ގެންދިޔުމުގައި ރަށުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އިންޖީނު ގެންދޔައީ މަގުމަތީގައި ފިލާ އަޅައިގެން އޭގެ މަތީގައި. ރައްޔިތުންގެ މަސައްކަތަކީ އެވަގުތު އެބަހާލާ ފުޅި އަކުން ނުވަތަ ދޭ ކެއުމަކުން ޝުކުރު އަދާކޮށް ނިންމާލެވޭނެ މަސައްކަތެއް ނޫން. އެއަށްވުރެ ބުރަ މަސައްކަތެއް ރައްޔިތުންކުރީ: ރާޒީ ވިދާޅުވިއެވެ.އަލިފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ