މައިލޯ އިންޓަ ސްކޫލް ބާސްކެޓް ބޯޅަ މުބާރާތް ފަށައިފި

ތޭރަ ސްކޫލަކުން 36 ޓީމް ވާދަކުރާ 16 ވަނަ މައިލޯ އިންޓަ ސްކޫލް ބާސްކެޓް ބޯޅަ މުބާރާތް ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި މިދިޔަ ހުކުރު ދުވަހު ފެށި މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލާއި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލާއި ތާޖުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ގާޒީ ސްކޫލާއި ހިރިޔާ ސްކޫލާއި އަމީނިއްޔާ ސްކޫލް އަދި ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންހެން އަދި ފިރިހެން ޓީމްތައް ވަކިން ތިން އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ތިން އުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.
މުބާރަތުގެ 12 އަހަރުން ދަށުގެ އަންހެން ބައިގައި ހަތް ސްކޫލް ވާދަކުރާ އިރު، އެބައިގެ ފިރިހެން ބައިގައި ވެސް ވާދަކުރާނީ ހަތް ސްކޫލެވެ. ސާދަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައި ވެސް ހަތް ސްކޫލް ވާދަކުރާ އިރު، ފިރިހެން ކުދިންގެ ބައިގައި ވެސް ވާދަކުރަނީ ހަތް ސްކޫލެވެ. އަދި 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައި ފަސް ސްކޫލަކުން ވާދަކުރާއިރު މިބައިގެ ފިރިހެން ކުދިންގެ ބައިގައި ވާދަކުރަނީ ހަތަރު ސްކޫލަކުންނެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަދާ މިރޭ ވެސް މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗުގައި 2:45ގައި ބައްދަލުކުރާ ދެޓީމަކީ 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ވާދަކުރާ ކަލާފާނާއި އަމީނިއްޔާ ސްކޫލެވެ.
މިމުބާރާތުގެ ހުރިހާ މެޗެއްވެސް މިއަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގަ އެވެ. މީގެ ކުރިން މި މުބާރާތް ކުޅެމުން އައީ އެކުވެނިީ ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ