އުތުރަށް މޫސުން ރަނގަޅު، ކަނޑުވެސް މަޑު: މެޓް

ފާއިތުވި ހަތަރު ދުވަހު ރާއްޖޭގެ އުތުރަށް މޫސުން ގޯސްވި ނަމަވެސް އުތުރުގެ މޫސުން މިއަދު ރަނގަޅު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. ސަން އަށް މައުލޫމާތު ދެމުން މެޓުން ބުނީ އުތުރުގެ މޫސުން މިއަދު ރަނގަޅު ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑު ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދެކުނަށް މިއަދު ވިއްސާރަ ކުރާ ކަމަށް މެޓުން ބުންޏެވެ. "ދެކުނަށް ވައިބާރު، ކަނޑުތައްވެސް ގަދަ ކޮށް ދެކުނުގަ އުޅެނީ،" މެޓުގެ އޮފިޝަލަކު ވިދާޅުވިއެވެ. މެޓުން ބުނީ މި ސަރަހައްދުގައި އުފެދުނު ތޫފާނު އޯޗީގެ އެއްވެސް އަސަރެއް މިހާރު ރާއްޖެއަށް ނުކުރާ ކަމަށެވެ. ރާއްޖެއާ ތަންކޮޅެއް ދުރުން ލޯ ޕްރެޝާ ޓްރަފެއް އުފެދިފައިވާ ކަމަށާއި، އެ ލޯޕްރެޝާ ޓްރަފް ޑިޕްރެޝަނަކަށް ބަދަލުވާން ދެތިން ދުވަސް ނަގާނެ ކަމަށް މެޓުން ބުނެއެވެ. "ޑިޕްރެޝަނަކަށް ބަދަލުވުމުން އަޅުގަނޑުމެންނަށް ލަފާކުރެވޭނީ އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކުރާނެތޯ" މެޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ