ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަޤާފަތަކީ ގުޅިލާމެހިފައިވާ އެއްޗެއް: ޔުމްނާ މައުމޫން

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަޤާފަތަކީ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައި ޔުމްނާ ވިދާޅުވީ ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އާސާރީ ތަންތަނާއި ތަކެތި އޮޅުންފިލާނޭހެން މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފަވައިވާ ކަމީ އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ދޭހަވާ ކަމަށާއި ތަރިކައިގެ ތެރެއިން ފެންނާން ހުރި ބިނާތަކާއި، އިހުގެ ތާރީޚާއި ގުޅިފައިވާ އެކިއެކި ތަކެތި މި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންނާން ހުރީ އެކި ރަށްރަށަށް، އަދި އަތޮޅަކަށްވެސް ޚާއްސަ ސިފަތާ އެކުގައި ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ."  އަޅުގަނޑުމެންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. މި ފަދަ ބިނާތަކާއި ސަރަހައްދުތަކާއި ތަންތަނާއި ތަކެއްޗަކީ އެ ރަށެއްގެ އަމިއްލަ ވަންތަކަމާއި ސަގާފަތް ދައްކައިދޭ ތަންތަނާއި ތަކެތި. މި ފަދަ ބިނާތަކާއި ސަރަހައްދުތަކީ ރަށުގެ ނުވަތަ އަތޮޅުގެ ކުރިމަގު ބިނާ ކުރާއިރުވެސް މުހިންމު ތަންތަނާއި ތަކެތި. ފަތުވެރީން ބަލައިލަން ބޭނުންވާނެ ބިނާ ތަކާއި، ސަރަހައްދުތަކާއި ތަކެތި." ޔުމްނާގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.މީގެ އިތުރުން އަޅުގަނޑުމެންގެ ސަގާފީ ތަރިކައަކީ އަޅުގަނޑުމެންގެ ފަޚުރަކަށް ވާއިރު، ސަޤާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށަށާއި އަތޮޅަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަން ޔަގީން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ދުނޔޭގައި ދިވެހިރާއްޖެއަށް ރީތި ނަން ލިބިގެން ދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ