މިރޯދަމަހުވެސް ތޮއްޑޫ ކަރާގެ ބަހާރު މޫސުން މާލެއަށް!

ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ އަހަރުމެންގެ ދިރިއުޅުން އެތައް ގޮތަށް ބަދަލުވެގެންދާ ވަރަށް ހާއްސަ މައްސަރެކެވެ. ގައިމުވެސް މިމައްސަރަށް ތައްޔާރުވުމަށް 3 މަހެއްހާ ދުވަސް ކުރިން އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއްބަޔަކަށް ވާނީ ތޮއްޑޫ ދަނޑުވެރިންނެވެ. ދުރާލާ ދަނޑުތަކުގައި ކަރާ ހެއްދުމަށް އެ ދަނޑުވަރުން ކުރަމުންދަނީ ނުހަނު ބުރަ މަސައްކަތެކެވެ. ކޮންމެ އަހަރަކުވެސް އެތައް ކަރައެއް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެނީ އެ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުންނެވެ. އެގޮތުން މިއަހަރުވެސް ތޮއްޑޫ ދަނޑުވެރިން އެމަސައްކަތް ފަށާ މިހާރު އެދަނީ ރޯދައަށް ދަނޑުތަކުން ކަރާ ކެނޑުމަށް ތައްޔާރުވަމުންނެވެ.
Articl Inline Image
ތޮއްޑޫގައި ކަރާ ދަނޑު ހައްދާ މޫސާ ނަޝީދު ހަމައަށް ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ކަރާ ހައްދަން ފެށިތަނާ ވިއްސާރަވުމުންނެވެ. އެގޮތުން ބައެއް ދަނޑުތައް ހަލާކުވުމުން އުއްމީދު ކުރި ވަރަށް ކަރާ ނުހެއްދުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ކަރާ ބޭނުންވާ ވަރަށް ލިބޭނެ. އެކަމަކު މޫސުން ދިޔަ ގޮތުން ނިމުނު އަހަރަށްވުރެ ބޭރު ކުރެވޭ ކަރާ މަދުވާނެ. އަބަދުވެސް އެންމެ މާރކެޓް އޮންނަނީ މާލޭގައި ކަމަށްވާތީ 50 ހަކަށް ޓަނުގެ ކަރާ ބޭރު ކުރެވޭނެ ކަމަށް އަޅުގަނޑުމެންގެ އަންދާޒާ އަކީ"
- ތޮއްޑޫ ދަނޑުވެރިއެއް
މޫސާ ނަޝީދު ވިދާޅުވީ ބައެއް ދަނޑުތަކުން 2000 އާއި 3000 ކިލޯގެ ކަރާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
Articl Inline Image
ތޮއްޑޫ ކައުންސިލްގެ ރައީސް ހަދީޖާ ނިއުޝާ ވިދާޅުވީ، ރޯދަމަހުގެ ވިއްސާ ހަމައަށް އެއްވެސް ދަތިކަމެއް ނެތި ލިބޭ ވަރަށް މިހާރު ކަރާ ތޮއްޑޫގައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް މޫސުން ގޮސްވުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައި ކަމަށާއި ދަނޑުވެރިންގެ ބުރަ މަސައްކަތުން ރޯދަމަހަށް ދޮން ކަރާ ލިބޭ ވަރުވާނެ ކަމަށެވެ. ނިއުޝާ ވިދާޅުވީ ތޮއްޑޫގައި ގެސްޓްހައުސްގެ ވިޔަފާރިވެސް ރަނގަޅަށް ހިނގަމުން އަންނާތީ ރޯދަ މަސް ނޫން މަސައްތަކުގައި ދަނޑުވެރިން ހައްދާ ތަކެތި ރަށަށް ވިއްކައިގެން ރަނގަޅު އާއްމުދަނީ އެއް ލިބެމުން އަންނަ ކަމަށެވެ.
Articl Inline Image
1441 ވަނަ އަހަރުގެ ރަމަޟާން މަހު މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން ތޮއްޑޫ ދަނޑުވެރިންނަށް ކަރާ ވިއްކުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިއެވެ. އެދުވަސް ވަރު ގިނަ ކަރާ ރަށުން ބޭރުކޮށްފައިވަނީ ދޯނިތަކުގައި ދަނޑުވެރިން ހެއްދި ކަރާގެ އިތުރުން އެހެނިހެން ބާވަތްތައް ހިފައިގެން ރަށްރަށަށް ގޮސް ވިއްކައިގެންނެވެ. ތޮއްޑޫ ދަނޑުވެރިން ބުނާ ގޮތުގައި އަބަދުވެސް އަމާޒަކީ މާލެ ގެނެސްގެން ކަރާ ވިއްކުމެވެ. ސަބަބަކީ އެންމެ ބޮޑު މާރކެޓެއް އޮންނަނީ މާލެގައި ކަމަށްވެފައި ދަނޑުވެރިންނަށް ބޮޑު އެއްޗެއް ލިބެނީވެސް މާލެ އަށް ވިއްކައިގެން ކަމަށްވާތީއެވެ.
ހާސްވާނެ ކަމެއްނެތެވެ. މިފަހަރުވެސް ރޯދަމަހު އެހެންވީމާ ތޮއްޑޫ ކަރާ އަހަރުމެންނަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ