އެމްޑީޕީ މެމްބަރު ނާޝިދު ލިސްޓުގައި ސޮއި ނުކުރައްވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅި މައްސަލާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު، އޭޑީކޭ ނާޝިދު ސޮއި ނުކުރައްވައެވެ.
ނަމަވެސް ނާޝިދު ސޮއި ނުކުރެއްވި ސަބަބެއް ނާޝިދުވެސް އަދި އިދިކޮޅު ކޯލިޝަނުންވެސް ހާމަކޮށްފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދުބުނީ ލިސްޓްގައި ސޮއިކުރެއްވީ 45 މެމްބަރުން ނަމަވެސް އެހިސާބުން އަދި ނިމުނީ ނޫންކަމުގައެވެ. އަދިވެސް އިތުރަށް މެމްބަރުން އެފަރާތްތަކާއި ގުޅޭނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
އަދި މަސީހުގެ މައްސަލާގައި ސޮއި ނުކުރައްވާ ބައެއް މެމްބަރުންވެސް މަސީހުގެ މައްސަލާގައި ވޯޓް ދެއްވާނެކަމަށް ކޯލިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ